Thursday, 26 February 2009

ގައުމީދުވަހާއި ބައިވެރިން

މިއަދަކީ ދިވެހިރާއްޖޭގެ ގައުމީދުވަހެވެ. ޕޯޗްގީޒުންގެ އަނިޔާވެރި ވެރިކަމުގެ އަތްދަށުން މިއަދު އަޅުގަޑުމެން މިދެކޭ ދިވެހި ގައުމު އުތީމު މުހުއްމަދު ތަކުރުފާނުގެ ހިތްވަރުގަދަ އަތްޕުޅުން ކެތްތެރިކަމާއި އަދި ވިސްނުންތެރިކަމާއެކު ސަލާމަތްކުރެއްވި އަގުހުރި ދުވަހެވެ. މިއަދުގެ އުފަލުގައި ބަންނަވާގެ ހުރިހާ ކިއުންތެރިންނަށް ފަތިހަށް ފޮޅޭ ފިނިފެންމަލުގެ މީރުވަހާއެކީ ގައުމީދުވަހުގެ މުބާރަކުބާދީ އަރިސްކުރަމެވެ. އާދެ ! މިއަދާއި ގުޅުވާއިގެން މުޅިރާއްޖޭގައި "ހިގާދަމާ" ނަމުގައި ވަނީ ހިގާލުމުގެ ޕްރޮގުރާމެއް ބޭއްވިފައެވެ. މި ޕްރޮގުރާމް ރާއްޖެއެކޭ އެއްފަދައިން އަޅުގަޑުމެންގެ ހުޅުދޫ މީދޫގަވެސް ވަނީ ބޭއްވިފައެވެ. ސުވާލަކީ މި ޕްރޮގުރާމްގެ މަގުސަދު މިއަދު އަޅުގަޑުމެންނަށް ހާސިލްވިބާއެވެ.
އަޅުގަޑަށް އެގިފައިވާ ގޮތުން މިއަދު ބޭއްވިގެން ދިޔަ "ހިގާދަމާ" ޕްރޮގުރާމް ނުވަތަ އެ ހިގާލުމަކީ ގައުމީ ޖޯޝުގަ ގައުމީ ވަންތަ ގޮތުގާ އެކުވެރި މާހައުލެއްގައި ގައުމީ ރޫހު ދިރުވުމުގެ ބޭނުމުގައި ބޭއްވި ޕްރޮގުރާމެކެވެ. އެހެންނަމަވެސް އަޅުގަޑުމެންގެ ހުޅުދޫ މީދޫއިން މި މަންޒަރު ފެނިގެންދިޔައީ ހީ ކުރި ގޮތަށްވުރެވެސް ފަނޑުކޮށްކަން ދަންނަވަން ޖެހެނީ ހިތާމަޔާއެކުއެވެ. މި ހިގާލުމުގައި ހުޅުދޫ މީދޫއިން މައިގަޑު ގޮތެއްގަ ބައިވެރި ވެފައިވަނީ ދެރަށުގެ ރަށު ސްކޫލާއި ސ.އަތޮޅު މަދަރުސާގެ ދަރިވަރުންނެވެ. ހިގާލުން ކުރިޔަށް ދިޔައިރު ދެރަށުގެ ރަށު ސްކޫލު ހިގާފަ ދިޔައީ ވަކި ވަކި ބައިގަޑެއްގެ ގޮތުގައެވެ. އަދި ހަމަ އެގޮތަށް ސ.އަތޮޅު މަދަރުސާވެސް ފެނިގެންދިޔައީ ވަކި ބައެއްގެ ގޮތުގައެވެ. އެކުވެރި ކަމާއި އެއްބައެއްވަންތަކަމުގެ ކުޑަނަމަވެސް ރޫހެއްނުފެނުނެވެ. މި ހިގާލުމުގެ މަގުސަދަކީ އެއްބައިވަންތަކަން ކަމުގައިވިޔަސް 3 ސްކޫލުންވެސް އެމަންޒަރު ފެނިގެނެއް ނުދިޔައެވެ. އަދި ހަމައެގޮތަށް ހުޅުމީދޫގެ ބެލެނިވެރިންގެ ފަރާތުން ވެސް މިކަމަކަށް މާބޮޑު ސަމާލުކަމެއް ދިންހެނެއް ހިއެއްނުވެއެވެ.
އަޅުގަޑު ގަބޫލު ކުރާ ގޮތުގައި މިހިގާލުން ބާއްވަން ޖެހޭނީ 3 ސްކޫލުގެ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންނާއި ދެންވެސް ބައިވެރި ވި ބަޔަކު އެކުވެގެން އެއްމައިދާނަކުން ހިގާލުން ފަށައިގެން ގޮސް، އެއްމައިދާނަކަށް އެހިގާލުން ނިންމާގޮތަށެވެ. ބައިވެރިވި ހުރިހާ ފަރުދުން އެއްބައިވަންތަކަމާއި އަދި އެއްބައެއްވަންތަކަ ބައެއްކަމުގެ ނަމޫނާ ދެންތިބި ބަޔަކަށް ދައްކާ އެބަޔަކަށް އިބުރަތްތަކެއް ހާސިލުކޮށްދޭން ޖެހޭނެއެވެ. ގަބޫލުކުރަން ޖެހޭނެ ހަގީގަތަކީ މީގެ އެއްވެސް ކަމެއް އަޅުގަޑުގަޑުމެންނަށް ހާސިލު ނުވިކަމެވެ. އަދި ފެނިގެން ދިޔައީ ބައިބައި ވެފަ ތިބި ބައެއްގެ ގޮތުގައިކަމެވެ.
ދެން އޮތީ މުޅިން އެހެން ވާހަކައެކެވެ. އަޅުގަޑުމެންގެ ހުޅުދޫ ސްކޫލުން މި ހިގާލުމުގައި ބައިވެރވިގޮތުގެ ވާހަކައެވެ. ހުޅުދޫ ސްކޫލްއިން މިހިގާލުމުގައި އެ ސްކޫލުގެ ދަރިވަރުން ތަކެއް މެދުވެރިކޮށް ބައިވެރިންނާއި މުޙާތަބުކޮށް ވާހަކަ ދައްކަމުން ދިޔައެވެ. ފާހަގަކޮށްލެވޭކަމީ ބައިވެރިންނާއި މުޙާތަބުކޮށް ދަރިވަރުން ދެއްކި ވާހަކަ އަކީ އެކުދިންގެ ޝުއޫރަށް ނުވެފަ އެއީ، ސްކޫލުގެ ކޮންމެސް ގޮބޮޅި އަދީބަކު ލިޔެފަ އޮތް ވާހަކަކޮޅެއްކަމުގައިވުމެވެ. އިރުއިރު ކޮޅާ އެކުދިން އެވާހާކަކޮޅު ކިޔަމުން ދިޔައިރު ލިޔެފަ އޮތް އެވާހަކައިގެ މާނަ ފުންވެފަ ބަޔަކަށް ބުނެދޭން އުޅޭ ވާހަކަ ބުނެނުދެވުނު ކަން ފާހަގަ ކުރެވުނެވެ. އެ ވާހަކަކޮޅު ލިޔުނު ބޭފުޅާ އެވާހަކަކޮޅު ލިޔުނީ ހިތުން މޮޅުވާހަކައެއް ލިޔުމުގެ ބޭނުމުގައި ކަމަށް ވެދާނެއެވެ. ބަޔަކަށް އިބުރަތްތެރި ފިލާވަޅެއް ބުނެދިނުމަށްވުރެ އެ ވާހަކަކޮޅުން ދޭހަވެގެން ދިޔައީ މީހަކު އަމިއްލަޔަށް މޮޅުވާންވެގެން މޮޅު ލިޔުމެއް ލިޔުމަށް މަސައްކަތް ކޮށްފައި އޮތްކަމެވެ. އަދި އެކުދިން އެ ވާހަކަކޮޅު ކިޔަމުން ދިޔައިރު އެކުދިންގެ އުމުރާނުވެސްގުޅޭ އަދި ދުވަހަކުވެސް އެކުދިން އަޑުނާހާ ދިވެހި ބަސްތަށް ވާހަކަކޮޅުގައި ހުރިކަން ފާހަގަކުރެވެއެވެ. އަޅުގަޑަކީ މޮޔައެއްކަމުގައިވިޔަސް އަޅުގަޑަށް ހީވަނީ މިކަހަލަ ގައުމީ އަދި އެއްބައިވަންތަ ދުވަހެއްގައި ސްކޫލެއްގެ ދަރިވަރުންތަކެއް ބަޔަކާ މުޙާތަބުކޮށް ދައްކާވާހަކައަކީ، އެކުދިން އަމިލައަށް މައުލޫމާތުތަކެއް ހޯދައިގެން އަމިއްލައަށް ލިޔެގެންވިޔަސް އަދި ނުލިޔެވިޔަސް ދައްކާވާހަކައެއްގެ ގޮތުގައި ވާންޖެހޭނެއެވެ. އަޅުގަޑު އުއްމީދުކުރަނީ މުސްތަގުބަލުގަ މިކަހަލަ ކަންތައްތައް ކަމާއިބެހޭ ފަރާތްތަކުން ރަގަޅުކޮށް، އަޅުގަޑުމެންގެ ޖީލުތަކަށް އުފާވެރި، އަމާން މުސްތަގުބަލެއް މެދުވެރިވެގެން ދިއުމެވެ. == ކަރުކެހި އަދުރޭ ==

1 comment:

Anonymous said...

adhurey! when you are talking about unity, I really felt why you have mentioned in this article, " gobolhi adheebekey". Why you want to harass others. what is the difference of you and thibuni gobolhi adheeb. are you trying to be a "molhu meehaka" by writing this piece of article. If you r so concerned about the unity n community, first try to respect others, then gain respect, otherwise no one will listen to you. JUST AN Advise to you.