Sunday, 29 June 2008

ތެއްދީގެ ފަޑިޔާރުގެ އަބުރުވެރި ފަލްސަފާ

ތެއްދީގެ ފަޑިޔާރުގެ އަބުރުވެރި ފަލްސަފާ


މީހުން ކާވެނި ކުރާވާހަކަ އާއި ވަރި ކުރާ ވާހަކަ އެއީ އަޅުގަޑުމެންގެ މުޖުތަމަޢުން އަބަދުވެސް އިވޭ އަޑުތެކެވެ. ހަމަ އެގޮތަށް ހުޅުދޫ ގަވެސް މިކަންތައް އޮންނަނީ މި ދެންނެވިހެންނެވެ. އަޅުގަޑު ގަބޫލުކުރާ ގޮތުގައި މީހަކު އެމީހަކު ލޯބިވާ މީހަކާ ކާއިވެނި ކުރުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް ވަރި ކުރުމަކީ މައްސަލައެކެވެ. ވަރިކުރުމުގެ ސަބަބުން އާޢިލީ ބޮޑެތި މައްސަލަ ތަކުގެތެރެއަށް އަޅުގަޑުމެންގެ ޅަދަރިން ގެނބިގެން ދިއުމަކީ އަޅުގަޑުމެންނަށް ބަލަން އެހާ ފަސޭހަ މަންޒަރުތަކެއްނޫނެވެ. ކަންމިހެން އޮތް އިރު ރަށުގެ ކޮންމެ ފަރުދަކީވެސް އާޢލީ ވަރުގަދަ ގުޅުމަކަށް ބޭނުން ވެފައިވާނެ މީހެކެވެ. އަދި އެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރެވިދާނެ މީހެކެވެ. ޙާއްސަކޮށް ރައްރަށުގެ ފަނޑިޔާރުންނަކީ އާޢިލީ ގުޅުން ވަރުގަދަކޮށް އެގުޅުން އިތުރަށް ބަދަހި ކުރުމަށް އެކިކަހަލަ ޕްރޮގުރާމް ތަށް ހިންގުވިދާނެ ބޭފުޅެކެވެ.އަދި ވަކިން ޙާއްސަކޮށް މިފަދަ ފަޑިޔާރު ބޭފުޅުންނަކީ، އަޅުގަޑުމެންގެ ލޮބުވެތި ޖާބިރުބެ ވިދާޅުވާހެން އަބުރު ވެރި ދިރި އުޅުމެއް އުޅެންޖެހޭނެ ބައެކެވެ. އަދި ރަށުގެ ރައްޔަތުންނަށް ނަމޫނާ ދިރިއުޅުމެއް ދަސްކޮށްދޭން ޖެހޭނެ ބައެކެވެ. ސަބަބަކީ އެބޭފުޅުންނަކީ ދެ ލޯބިވެރިން، ކާއިވެނީގެ މާތް ގޮށުން އެދެމީހުން ގޮށް ޖައްސަވާ އަދި އެދިރި އުޅުމުގެ ހުރި މުހިންމުކަން އެ ދެ ލޯބިވެރިންނަށް ބުނެދޭންތިބޭ މީހުންނަށް ވާތީއެވެ. ވަރިފަށަށް އެރުމުން އެ ދެމަފިރިން އިސްލާހުގެ މަގަށް އަޅުވާ އެ ދެމަފިރިންނަށް ނަސޭހަތްވެސް ދޭން ތިބި މީހުންނަށް ވޭތީއެވެ.

މީ ކަން މިކަން އޮތްގޮތް ކަމަށް ވިޔަސް ހުޅުދޫގައި ހުރި ތެއްދީގެ ފަޑިޔާރު މަނިކުފާނަކަކީ މިދެންނެވި ކަންތައްތައް ކުރުމުގެ ގާބިލުކަން ހުރި މީހެއްތޯ އަޅުގަޑުމެން ބަލަން ޖެހެއެވެ. ކޮންމެޔަކަސް މި ބޭފުޅާގެ ފަތިފުށުން ތަންފުށެއް ނެގުމަކީ މިހާރު އަޅުގަޑަށް ނުވެ އޮތް ކަމަކަށް ވާތީ ލޮލުފިޔަ ނުޖެހިގެން އެފަތިފުށް ގަޑު އޮތްތަން ހާވާ ބަލަން ފެށުމުން އެފެންވަރު ބޭފުޅެއްގެ ފަރާތުން ނުފެންނަންޖެހޭ ވަރަށް ހަޑި ހުތުރު ކަމެއް ފާހަގަ ކުރެވިގެން ދިޔައެވެ. ކޮންމެޔަކަސް އަޅުގަޑު ހިތަށް އެރީ އެވާހަކަ މިތާގަ ހަމަ ނަކަލުކޮށް ތި ކިޔުންތެރިންނާ މިކަންތައްތއް ހިއްސާކޮށްލުމަށެވެ. ދަންނަވަންތޯއެވެ !!! ހުޅުދޫ ފަންޑިޔާރުމަނިކުފާނަކީ ތެއްދީ އަށް ނިސްބަތްވާ ގަޢުމުގެ ވަރަށް ގަދަރުވެރި ކަމަށް ބުނާ ޢާއިލާ އެއްގެ ބޭފުޅެލެވެ. ގަދަރު ވެރިވުމަކީ އަދި ޝާހީވުމަކީ އަޅުގަޑު ބަލާކަމެއް ނޫނެވެ. ގަދަރެއް އޮތަސް ޝަރަފެއް އޮތަސް އިޙުތިރާމް ދެވޭނީ އެފަދަ މީހުންގެ ފަރާތުންވެސް އިހުތިރާމަކީ އޮތް އެއްޗެއްކަން އެގޭފަދަ ގޮތަކަށް އެފަދަ ބޭފުޅުންގެވެސް ދިރިއުޅުން ބައްޓަން ކޮށްގެންނެވެ. ކޮންމެޔަކަސް މި ފަނޑިޔާރަކީ މިހާރު ހުޅުދޫ އަށް ފާވެފަ ހުރި ބޮޑު ފުރޭތައެއްކަހަލަ ފަނޑިޔާރެކެވެ. މީހުން ނިކަމެތިކުރުމާއި މީހުންނަށް އަނިޔާކުރުމުގައި މީ ލާމަސީލު ނަމޫނާއެކެވެ. ކޮންމެސް އެހެންދުވަހަކުން މީނަގެ އަނިޔާވެރިކަމުގެ ވާހަކަ ލިޔާނީއެވެ. މިހާރު ލިޔާނީ މީނަގެ ރިވެތި އަޙުލާގުން ސަފުހާއެކެވެ.

އަޅުގަޑުމެންގެ ރަށުގައި މިގެކުރިން ހުރި ފަނޑިޔާރު ފަދައިން މީފަޑިޔާރަކީވެސް ވަރަށް އަންހެނުން ހިތި ފަނޑިޔާރެކެވެ. މީހަކާ ކައިވެނި ކޮށްގެން ދަރިޔަކު ލިބިފަ ހުއްޓަސް ވަގު އަނބިން ގެންގުޅުމަކީ މީނަގެ އާދައެކެވެ. ހުޅުދޫގެ ބަންނަވާގެ މުރާސިލު ޙަބަރު ދޭގޮތުގައި މިހާރު މި ފަނޑިޔާރު ދަނީ ވަރަށް ވަރުގަދަ ކަސޯޓީއެއް ކުޅެމުންނެވެ. ހުޅުމީދޫ އިންޖީނުގޭ ފުރަގަހުގަ އޮންނަ ލޯބީގެ ބުޖަޑާގަ މީނަގެ ކުރީގެ ލޯބިވެރިޔާ އާއި ދެމީހުން ކޮންމެރެޔަކު ހަނީމޫން ހަދާކަމަށާއި އެ ލޯބިވެރިޔާ އަކީވެސް މީހަކާއި ކައިވެނިކޮށްގެން ހުރިމީހެއްގެ އަންބެއްކަމަށްވެސް މުރާސިލު ބުނެއެވެ. އަދި މިހާރު ފަނޑިޔާރުގެ އާޢިލީ މޫސުން ލަފާކުރާގޮތުގައި ފަނޑިޔާރުގެ އާޢިލާއަށް ކުރިއަށް އޮތް މަދުދުވަސްކޮޅު ތެރޭގަ ބިންހެލުމެއް އައުމަކީ ކާރިކަމެއްކަމަށް އާޢިލީ މޫސުމާއިބެހޭ ހުޅުދޫ ކޯޓް އޮފު ޑިވޯސްއިން ހާމަކުރެއެވެ.

ކޮންމެޔަކަސް އަޅުގަޑުގެ މައްސަލައަކީ އަޅުގަޑުމެންގެ މި ލޮބުވެތި ހުޅުދޫގެ ފަނޑިޔާރު މަނިކުފާން، އެއީ ތެއްދީގެ ފަނޑިޔާރަކަށްވިޔަސް މީހެއްގެ އަނބެއްގެ ކާރިޔަށް ދިއުމެއްނޫނެވެ. އަދި އެހެންމީހަކު ދެކެ ލޯބިވުމެއްވެސް ނޫނެވެ. އަޅުގަޑަށް މައްސަލައަކީ އަޅުގަޑުމެންރަށުގެ މިފަދަ އަބުރު ވެރި ދިރި އުޅުމެއް އުޅެންޖެހޭ ބޭފުޅަކު އަބުރު ގެއްލޭގޮތަށް އުޅުމެވެ. އެހެން މީހުންނަށް ނަމޫނާ އަކަށް ވާންޖެހޭ ބޭފުޅަކު ސީއްދި ނާސި އަންހެނަކު އުޅޭހެން އުޅުމެވެ. މިބޭފުޅާއަކީ އަޅުގަޑުމެން ރަށުގެ އުޅެމުންދާ އާޢިލާތަކުގަ އާޢިލީ މައްސަލަ ޖެހުމުން ހައްލުކުރަން ހުންނެވި ބޭފުޅާއަށް ވީތީއެވެ. ލޯބިން ގުޅޭ ދެހިތެއް ވާކިވާ ވަގުތު އެދެހިތް ލޯބީގެ އަގުހުރި މުތުން ޖަރީކޮށްފަ ގުޅުވަދޭން ހުރިބޭފުޅާ ކަމުގައި ވީތީއެވެ.

ދަރިފުޅަށް ދޭން ގަންނަ ކިރުދަޅުވިޔަސް އަދި ނެޕީ ގަޑުވިޔަސް މިދޫ ސައުތު ސިލެކުޝަނުން ނޫނީ މީދޫއިން ނޫނީ ނުގަތުމަށް މައިދައިތައަށް ބޮޑު އަމުރުން އަމުރުކޮށްފައިވާ މިބޭފުޅާއަށް އަޅުގަޑުމެން މި އުޅުން ބަދަލުކުރުމަށް އިލްތިމާސް ކުރަމެވެ. އަބުރު ވެރި ދިރިއުޅުމަށް އުޅޭށެވެ. މަނިކުފާނު އުޅޭނޫޅޭ ގޮތް ބަލާނެ މީހުން ތިބިކަން ވެސް ހަނދުމަކުރާށެވެ. އާޢިލީ ކަންކަމުގައި ކޮންމެ ގޮތަކަށް ކަންކުރިޔަސް މުޖުތަމަޢަށް އޭގެ ނުބައި މެސެޖު ނުދެވޭގޮތަށް ކަންކުރާށެވެ. ވަރި ނުކުރުމަށާއި، ހަރާން ޒިނޭކުރުމުން ހައްދު ޖެހުމަކީ އޮތްކަމެއްކަން އެގޭ ފަދައިން އެފަދަ ކަންތައްތަކުން ހިތަށް ހަމަޖެހުން ލިބޭނެ ގޮތަކަށް ކަމެއް ނުކުރައްވުމަށް އަޅުގަޑު އަމުރު ކުރަމެވެ. އެހެން ނޫނީ މަނިކުފާނުވެސް ޖެހޭނީ ކުރީގެ އަޅުގަޑުމެންގެ ރަށުގައި ހުރި އަފުންގެ ފަޑިޔާރު މަނިކުފާން ފަދައިން އަނބިންނާއި ކުދިންނާއި އަދި ހުރިނަމަ ހުރި މުދަލަކާއެކީ ދޫކޮށް މި ލޮބުވެތި ހުޅުދޫއިން ފެއްސިގެންދާށެވެ. އެއީ އަޅުގަޑު ދެކެން ބޭނުން ނުވާ މަންޒަރަކަށްވިޔަސް އަޅުގަޑުޖެހޭނީ އާޢިލީ މޫސުމާއިބެހޭ ހުޅުދޫ ކޯޓް އޮފު ޑިވޯސްއިން ނިންމާ ނިންމުމަކަށް އިޙުތިރާމާއެކު ބޯލަބާށެވެ. ނިންމާލުމުގެ ކުރިން މަނިކުފާނު ކާރިން ކޮށްލަން ބޭނުންވެފައިވާ ސުވާލެއްވެސް އެބައޮތެވެ. އެއްކަލަ ހުޅުދޫ ސްޕޯޓްސް ނަމުގަ ހުޅުދޫ ޒުވާންގެބަޔަކު ބުރިން ހަނދަމާއިގެން ފިހާރަތަކަށާއި އަދި ސާހޮޓާތަކަށް ދަރަނިވެރިވެގެން އަތޮޅުފެންވަރުގެ ކަރަންޓްކަޑާލި ވޮލީ މުބާރާތުގެ ތަށި އަދި ވެސް ހުރީ ހަމަ މަނިކުފާނުގެ ޓީވީ ކަބަޑު މަތީގައިތޯއެވެ؟ އަދި އެ މުބާރާތުގައި ލިބުނު ލޯ މެޑަލްތަކާއި އެލްމެނިޔާ މެޑަލްތައް ހަމަ އަދިވެސް ތިބީ މަނިކުފާނުގެ ކަރުގައިތޯއެވެ؟ މާފުކުރައްވާތި...މި ސުވާލު މިހެން ހަމަ މިކޮށްލީ އެއީ ބައެއްގެ ނުހަނު ބޮޑު ހައްގަކަށް ވާތީ، މަނިކުފާނަށް އެ ހައްގުގެ މައްޗަށް މަނިކުފާނުގެ ތި އަބުރު ވެރި ފައިނޕުޅުން އެރިދާނެތީ ހަމަ ގަންނަ ބިރެއްގެ ބޮޑުކަމުންނެވެ. އެ ހައްގުގެ މައްޗައް ނާރާހުރި ކަމުގާ ވާނަމަ ދެން އަޅުގަޑު ކިޔާނެ އެއްޗެއްނެތެވެ. ދެން އެވާހަކަދައްކަން ބިދޭސީ ލޯންގު މުހުއްމަދު އަތަށް ދޫކޮށްލަމުން އަލުގަޑު ހުއްޓާލާނަމެވެ.

ތިރީގައި މި ލިޔެލަނީ މަނިކުފާނުއަށް ސަލާން ބުނުމަށް އެދި އަލްބަންނަވާއަށް ސިޓީ ފޮނުވާފައިތިބި ބޭފުޅުންގެ ނަންތަކެވެ.

1- ހުންބޯ

2- ބެއްޔާ

3- ލައިކާ

4- ހުންނޫ

5- މޫސާ

6- ފެރެޑޭ

7- މާމާ

8- އިބުރާޖީ

== ކަރުކެހި އަދުރޭ == 19:02

6 comments:

Anonymous said...

karukehi kaley fadaboibala.kaleaai nubehey kameh netheeta .

Anonymous said...

Thee south selection ge seytakah ulhey thalaboa naseeruge kokko vaahakadhoo. ehlaa ves hunnanee feyrey ibiraage dhari akah hedhigen. hulhudhoo meehun e fihaara in viyafaari kuria nudhee.

Anonymous said...

Hulhudhoo meehunnakee varah rah vantha baekey kiyaa adu abadhu ivey. rah vantha nama meedhoo fihaara thakun viyafaari nukurees

Anonymous said...

kaley Waheedah dhakkan dhoa Qazi kan dhas kuree. Waheed ge dharifulhu libunutha. dhen fadabouy

Anonymous said...

hama saabas. kaleyge hushahelhun varah molhu. aakhirah dhuvas an naane. kuriah gendhavaa.

Anonymous said...

iyakee aahkhirah dhuvas eykan ehen meehunah hadhaan kohdhemun dhivaa roanu edhurah.. iyah keyvee karukehi adhurey ah nun... iyah kevee " roanu edhurey" au...