Sunday, 29 June 2008

ތެއްދީގެ ފަޑިޔާރުގެ އަބުރުވެރި ފަލްސަފާ

ތެއްދީގެ ފަޑިޔާރުގެ އަބުރުވެރި ފަލްސަފާ


މީހުން ކާވެނި ކުރާވާހަކަ އާއި ވަރި ކުރާ ވާހަކަ އެއީ އަޅުގަޑުމެންގެ މުޖުތަމަޢުން އަބަދުވެސް އިވޭ އަޑުތެކެވެ. ހަމަ އެގޮތަށް ހުޅުދޫ ގަވެސް މިކަންތައް އޮންނަނީ މި ދެންނެވިހެންނެވެ. އަޅުގަޑު ގަބޫލުކުރާ ގޮތުގައި މީހަކު އެމީހަކު ލޯބިވާ މީހަކާ ކާއިވެނި ކުރުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް ވަރި ކުރުމަކީ މައްސަލައެކެވެ. ވަރިކުރުމުގެ ސަބަބުން އާޢިލީ ބޮޑެތި މައްސަލަ ތަކުގެތެރެއަށް އަޅުގަޑުމެންގެ ޅަދަރިން ގެނބިގެން ދިއުމަކީ އަޅުގަޑުމެންނަށް ބަލަން އެހާ ފަސޭހަ މަންޒަރުތަކެއްނޫނެވެ. ކަންމިހެން އޮތް އިރު ރަށުގެ ކޮންމެ ފަރުދަކީވެސް އާޢލީ ވަރުގަދަ ގުޅުމަކަށް ބޭނުން ވެފައިވާނެ މީހެކެވެ. އަދި އެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރެވިދާނެ މީހެކެވެ. ޙާއްސަކޮށް ރައްރަށުގެ ފަނޑިޔާރުންނަކީ އާޢިލީ ގުޅުން ވަރުގަދަކޮށް އެގުޅުން އިތުރަށް ބަދަހި ކުރުމަށް އެކިކަހަލަ ޕްރޮގުރާމް ތަށް ހިންގުވިދާނެ ބޭފުޅެކެވެ.އަދި ވަކިން ޙާއްސަކޮށް މިފަދަ ފަޑިޔާރު ބޭފުޅުންނަކީ، އަޅުގަޑުމެންގެ ލޮބުވެތި ޖާބިރުބެ ވިދާޅުވާހެން އަބުރު ވެރި ދިރި އުޅުމެއް އުޅެންޖެހޭނެ ބައެކެވެ. އަދި ރަށުގެ ރައްޔަތުންނަށް ނަމޫނާ ދިރިއުޅުމެއް ދަސްކޮށްދޭން ޖެހޭނެ ބައެކެވެ. ސަބަބަކީ އެބޭފުޅުންނަކީ ދެ ލޯބިވެރިން، ކާއިވެނީގެ މާތް ގޮށުން އެދެމީހުން ގޮށް ޖައްސަވާ އަދި އެދިރި އުޅުމުގެ ހުރި މުހިންމުކަން އެ ދެ ލޯބިވެރިންނަށް ބުނެދޭންތިބޭ މީހުންނަށް ވާތީއެވެ. ވަރިފަށަށް އެރުމުން އެ ދެމަފިރިން އިސްލާހުގެ މަގަށް އަޅުވާ އެ ދެމަފިރިންނަށް ނަސޭހަތްވެސް ދޭން ތިބި މީހުންނަށް ވޭތީއެވެ.

މީ ކަން މިކަން އޮތްގޮތް ކަމަށް ވިޔަސް ހުޅުދޫގައި ހުރި ތެއްދީގެ ފަޑިޔާރު މަނިކުފާނަކަކީ މިދެންނެވި ކަންތައްތައް ކުރުމުގެ ގާބިލުކަން ހުރި މީހެއްތޯ އަޅުގަޑުމެން ބަލަން ޖެހެއެވެ. ކޮންމެޔަކަސް މި ބޭފުޅާގެ ފަތިފުށުން ތަންފުށެއް ނެގުމަކީ މިހާރު އަޅުގަޑަށް ނުވެ އޮތް ކަމަކަށް ވާތީ ލޮލުފިޔަ ނުޖެހިގެން އެފަތިފުށް ގަޑު އޮތްތަން ހާވާ ބަލަން ފެށުމުން އެފެންވަރު ބޭފުޅެއްގެ ފަރާތުން ނުފެންނަންޖެހޭ ވަރަށް ހަޑި ހުތުރު ކަމެއް ފާހަގަ ކުރެވިގެން ދިޔައެވެ. ކޮންމެޔަކަސް އަޅުގަޑު ހިތަށް އެރީ އެވާހަކަ މިތާގަ ހަމަ ނަކަލުކޮށް ތި ކިޔުންތެރިންނާ މިކަންތައްތއް ހިއްސާކޮށްލުމަށެވެ. ދަންނަވަންތޯއެވެ !!! ހުޅުދޫ ފަންޑިޔާރުމަނިކުފާނަކީ ތެއްދީ އަށް ނިސްބަތްވާ ގަޢުމުގެ ވަރަށް ގަދަރުވެރި ކަމަށް ބުނާ ޢާއިލާ އެއްގެ ބޭފުޅެލެވެ. ގަދަރު ވެރިވުމަކީ އަދި ޝާހީވުމަކީ އަޅުގަޑު ބަލާކަމެއް ނޫނެވެ. ގަދަރެއް އޮތަސް ޝަރަފެއް އޮތަސް އިޙުތިރާމް ދެވޭނީ އެފަދަ މީހުންގެ ފަރާތުންވެސް އިހުތިރާމަކީ އޮތް އެއްޗެއްކަން އެގޭފަދަ ގޮތަކަށް އެފަދަ ބޭފުޅުންގެވެސް ދިރިއުޅުން ބައްޓަން ކޮށްގެންނެވެ. ކޮންމެޔަކަސް މި ފަނޑިޔާރަކީ މިހާރު ހުޅުދޫ އަށް ފާވެފަ ހުރި ބޮޑު ފުރޭތައެއްކަހަލަ ފަނޑިޔާރެކެވެ. މީހުން ނިކަމެތިކުރުމާއި މީހުންނަށް އަނިޔާކުރުމުގައި މީ ލާމަސީލު ނަމޫނާއެކެވެ. ކޮންމެސް އެހެންދުވަހަކުން މީނަގެ އަނިޔާވެރިކަމުގެ ވާހަކަ ލިޔާނީއެވެ. މިހާރު ލިޔާނީ މީނަގެ ރިވެތި އަޙުލާގުން ސަފުހާއެކެވެ.

އަޅުގަޑުމެންގެ ރަށުގައި މިގެކުރިން ހުރި ފަނޑިޔާރު ފަދައިން މީފަޑިޔާރަކީވެސް ވަރަށް އަންހެނުން ހިތި ފަނޑިޔާރެކެވެ. މީހަކާ ކައިވެނި ކޮށްގެން ދަރިޔަކު ލިބިފަ ހުއްޓަސް ވަގު އަނބިން ގެންގުޅުމަކީ މީނަގެ އާދައެކެވެ. ހުޅުދޫގެ ބަންނަވާގެ މުރާސިލު ޙަބަރު ދޭގޮތުގައި މިހާރު މި ފަނޑިޔާރު ދަނީ ވަރަށް ވަރުގަދަ ކަސޯޓީއެއް ކުޅެމުންނެވެ. ހުޅުމީދޫ އިންޖީނުގޭ ފުރަގަހުގަ އޮންނަ ލޯބީގެ ބުޖަޑާގަ މީނަގެ ކުރީގެ ލޯބިވެރިޔާ އާއި ދެމީހުން ކޮންމެރެޔަކު ހަނީމޫން ހަދާކަމަށާއި އެ ލޯބިވެރިޔާ އަކީވެސް މީހަކާއި ކައިވެނިކޮށްގެން ހުރިމީހެއްގެ އަންބެއްކަމަށްވެސް މުރާސިލު ބުނެއެވެ. އަދި މިހާރު ފަނޑިޔާރުގެ އާޢިލީ މޫސުން ލަފާކުރާގޮތުގައި ފަނޑިޔާރުގެ އާޢިލާއަށް ކުރިއަށް އޮތް މަދުދުވަސްކޮޅު ތެރޭގަ ބިންހެލުމެއް އައުމަކީ ކާރިކަމެއްކަމަށް އާޢިލީ މޫސުމާއިބެހޭ ހުޅުދޫ ކޯޓް އޮފު ޑިވޯސްއިން ހާމަކުރެއެވެ.

ކޮންމެޔަކަސް އަޅުގަޑުގެ މައްސަލައަކީ އަޅުގަޑުމެންގެ މި ލޮބުވެތި ހުޅުދޫގެ ފަނޑިޔާރު މަނިކުފާން، އެއީ ތެއްދީގެ ފަނޑިޔާރަކަށްވިޔަސް މީހެއްގެ އަނބެއްގެ ކާރިޔަށް ދިއުމެއްނޫނެވެ. އަދި އެހެންމީހަކު ދެކެ ލޯބިވުމެއްވެސް ނޫނެވެ. އަޅުގަޑަށް މައްސަލައަކީ އަޅުގަޑުމެންރަށުގެ މިފަދަ އަބުރު ވެރި ދިރި އުޅުމެއް އުޅެންޖެހޭ ބޭފުޅަކު އަބުރު ގެއްލޭގޮތަށް އުޅުމެވެ. އެހެން މީހުންނަށް ނަމޫނާ އަކަށް ވާންޖެހޭ ބޭފުޅަކު ސީއްދި ނާސި އަންހެނަކު އުޅޭހެން އުޅުމެވެ. މިބޭފުޅާއަކީ އަޅުގަޑުމެން ރަށުގެ އުޅެމުންދާ އާޢިލާތަކުގަ އާޢިލީ މައްސަލަ ޖެހުމުން ހައްލުކުރަން ހުންނެވި ބޭފުޅާއަށް ވީތީއެވެ. ލޯބިން ގުޅޭ ދެހިތެއް ވާކިވާ ވަގުތު އެދެހިތް ލޯބީގެ އަގުހުރި މުތުން ޖަރީކޮށްފަ ގުޅުވަދޭން ހުރިބޭފުޅާ ކަމުގައި ވީތީއެވެ.

ދަރިފުޅަށް ދޭން ގަންނަ ކިރުދަޅުވިޔަސް އަދި ނެޕީ ގަޑުވިޔަސް މިދޫ ސައުތު ސިލެކުޝަނުން ނޫނީ މީދޫއިން ނޫނީ ނުގަތުމަށް މައިދައިތައަށް ބޮޑު އަމުރުން އަމުރުކޮށްފައިވާ މިބޭފުޅާއަށް އަޅުގަޑުމެން މި އުޅުން ބަދަލުކުރުމަށް އިލްތިމާސް ކުރަމެވެ. އަބުރު ވެރި ދިރިއުޅުމަށް އުޅޭށެވެ. މަނިކުފާނު އުޅޭނޫޅޭ ގޮތް ބަލާނެ މީހުން ތިބިކަން ވެސް ހަނދުމަކުރާށެވެ. އާޢިލީ ކަންކަމުގައި ކޮންމެ ގޮތަކަށް ކަންކުރިޔަސް މުޖުތަމަޢަށް އޭގެ ނުބައި މެސެޖު ނުދެވޭގޮތަށް ކަންކުރާށެވެ. ވަރި ނުކުރުމަށާއި، ހަރާން ޒިނޭކުރުމުން ހައްދު ޖެހުމަކީ އޮތްކަމެއްކަން އެގޭ ފަދައިން އެފަދަ ކަންތައްތަކުން ހިތަށް ހަމަޖެހުން ލިބޭނެ ގޮތަކަށް ކަމެއް ނުކުރައްވުމަށް އަޅުގަޑު އަމުރު ކުރަމެވެ. އެހެން ނޫނީ މަނިކުފާނުވެސް ޖެހޭނީ ކުރީގެ އަޅުގަޑުމެންގެ ރަށުގައި ހުރި އަފުންގެ ފަޑިޔާރު މަނިކުފާން ފަދައިން އަނބިންނާއި ކުދިންނާއި އަދި ހުރިނަމަ ހުރި މުދަލަކާއެކީ ދޫކޮށް މި ލޮބުވެތި ހުޅުދޫއިން ފެއްސިގެންދާށެވެ. އެއީ އަޅުގަޑު ދެކެން ބޭނުން ނުވާ މަންޒަރަކަށްވިޔަސް އަޅުގަޑުޖެހޭނީ އާޢިލީ މޫސުމާއިބެހޭ ހުޅުދޫ ކޯޓް އޮފު ޑިވޯސްއިން ނިންމާ ނިންމުމަކަށް އިޙުތިރާމާއެކު ބޯލަބާށެވެ. ނިންމާލުމުގެ ކުރިން މަނިކުފާނު ކާރިން ކޮށްލަން ބޭނުންވެފައިވާ ސުވާލެއްވެސް އެބައޮތެވެ. އެއްކަލަ ހުޅުދޫ ސްޕޯޓްސް ނަމުގަ ހުޅުދޫ ޒުވާންގެބަޔަކު ބުރިން ހަނދަމާއިގެން ފިހާރަތަކަށާއި އަދި ސާހޮޓާތަކަށް ދަރަނިވެރިވެގެން އަތޮޅުފެންވަރުގެ ކަރަންޓްކަޑާލި ވޮލީ މުބާރާތުގެ ތަށި އަދި ވެސް ހުރީ ހަމަ މަނިކުފާނުގެ ޓީވީ ކަބަޑު މަތީގައިތޯއެވެ؟ އަދި އެ މުބާރާތުގައި ލިބުނު ލޯ މެޑަލްތަކާއި އެލްމެނިޔާ މެޑަލްތައް ހަމަ އަދިވެސް ތިބީ މަނިކުފާނުގެ ކަރުގައިތޯއެވެ؟ މާފުކުރައްވާތި...މި ސުވާލު މިހެން ހަމަ މިކޮށްލީ އެއީ ބައެއްގެ ނުހަނު ބޮޑު ހައްގަކަށް ވާތީ، މަނިކުފާނަށް އެ ހައްގުގެ މައްޗަށް މަނިކުފާނުގެ ތި އަބުރު ވެރި ފައިނޕުޅުން އެރިދާނެތީ ހަމަ ގަންނަ ބިރެއްގެ ބޮޑުކަމުންނެވެ. އެ ހައްގުގެ މައްޗައް ނާރާހުރި ކަމުގާ ވާނަމަ ދެން އަޅުގަޑު ކިޔާނެ އެއްޗެއްނެތެވެ. ދެން އެވާހަކަދައްކަން ބިދޭސީ ލޯންގު މުހުއްމަދު އަތަށް ދޫކޮށްލަމުން އަލުގަޑު ހުއްޓާލާނަމެވެ.

ތިރީގައި މި ލިޔެލަނީ މަނިކުފާނުއަށް ސަލާން ބުނުމަށް އެދި އަލްބަންނަވާއަށް ސިޓީ ފޮނުވާފައިތިބި ބޭފުޅުންގެ ނަންތަކެވެ.

1- ހުންބޯ

2- ބެއްޔާ

3- ލައިކާ

4- ހުންނޫ

5- މޫސާ

6- ފެރެޑޭ

7- މާމާ

8- އިބުރާޖީ

== ކަރުކެހި އަދުރޭ == 19:02

Saturday, 28 June 2008


ކުއްލި ޙަބަރު

ހުޅުދޫ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން މި އަންނަ އޮގަސްޓް މަހުތެރޭގަ ހުޅުދޫބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު ފެޓިވަލް އާއި އަދި ފްޓްސެލް މުބާރާތް މިއަހަރުގެ ޑިސެމްބަރު މަހަށް ލަސްކޮށްފިއެވެ....މިކަމާއި ބެހޭ އިތުރު ތަފުސީލް އަންނަނީ... ==ކަރުކެހި އަދުރޭ == 11:16

ހުލުދޫ ސްޕޯޓްސް ކްލަބާއި ފުޓްސެލ


ހުލުދޫ ސްޕޯޓްސް ކްލަބާއި ފުޓްސެލް

މީގެ އަހަރުތަކެއްކުރިން މާލޭގައި އުޅެމުންދިޔަ ހުޅުދޫގެ ފަސްގަޑަށްނިސްބަށްވާ ޒުވާނުންތަކެއް އިސްނަގާއިގެން އުފެއްދި ކްލަބެއް ކަމުގައިވާ ހުޅުދޫ ސްޕޯޓްސް އަކީ ފަހަކަށް އައިސް އެ ކްލަބު އުފެއްދި އަސްލު މަގުސަދާއިމެދު ސުވާލުއުފެދެމުންދާ ކުލަބެކެވެ. ހުޅުދޫގެ އިޖުތިމާޢީ ރޫހު އާލާކުރުމަށާއި، ރަށުގެ އުމްރާނީ ތަރައްގީއަށާއި، ދީނީ އެއްބައިވަންތަކަން އަލާކުރުމަށާއި އަދި ޙާއްސަކޮށް ރަށުގެ ކުޅިވަރު ތަރައްގީ ކުރުމުގެ ނަމުގައި 2002 އަހަރު އުފެއްދި މި ކްލަބަކީ އެއްދުވަސްވަރެއްގައި މުޅިހުޅުދޫ ވެސް ފަޙުރުވެރިވި ކުލަބެކެވެ. ރަށުގެ ތަރައްގީ އަށް މާބޮޑު ކަމެއްކޮށްނުދެވުނަސް އެދުވަސްވަރު ރަށުގަ ތިބި ޒުވާނުން މަގު އޮޅިގެން ނުދިއުމުގެ ބޮޑުބާރަކަށް މިކުލްބު ވީ ދުވަސްވަރުވެސް އަޅުގަޑުމެންނަށް ފެނިގެން ދިއައެވެ. 2002 އަހަރުން ފެށިގެން އަހަރުތަކެއްވަންދެން މި ކްލްބުގެ ފަރާތުން ހުޅުދޫ ގައި މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވި ފްޓްބޯޅަ މުބާރާތަކީ، އެމުބާރާތަކަށް ހުޅުދޫގެ ކުދި ބޮޑު އެންމެން އިންތިޒާރު ކުރަމުން ދިޔަ މުބާރާތެކެވެ. އެހެން ނަމަވެސް ހިތާމަޔާއެކު ދަންނަވަން ޖެހެނީ އެއީ މަޒީކަމުގައެވެ. މާޒީގެ ތެރެއަށް އަޅުގަޑުމެން ފީނާ ކަމުގަވަނީ ނަމަ އަބަދުވެސް ޖެހޭނީ ފީނާށެވެ. އަޅުގަޑު ކޮންމެހެން މިއަދު މާޒީގެ ތެރެއަށް ފީނާ ހިތެއްނުވެއެވެ.

ރަގަޅު ހިންގުންތެރި ރަޢީސެއްގެ ދަށުން އަދި މެމްބަރުންގެ އެއްބާރުލުމާއެކު ހުލުދޫ ސްޕޯޓްސް ކްލްބު ހިންގާފައިވިޔަސް މިއަދު ފެންނަމުންދަނީ އޭގެ އިދިކޮޅެވެ. ކްލަބުގެ ކުރިމަގެއްނެތެވެ. ހިންގުންތެރިކަމެއްނެތެވެ. އެ ކްލަބުގެ މެމްބަރުން ނޫނީ ބަޔަކު ނެތްކަމަށް އެމީހުންނަށް ހީވާކަހަލައެވެ. އެހެން މީހުންގެ ޙިޔާލުތަކަށް އިހުތިރާމް ކުރުމެއްނެތެވެ. އެމްބްރޯޝިޔާ ތެރޭގަ ތިބެގެން މިމީހުންގެ 10-12 މީހުން ނިންމާ ނިންމުމަކީ މުޅި ރަށުގެ އެންމެންގެ މައްޗައް ނިންމާނިންމުމެއް ކަހަލައެވެ. މީގެ ހެއްކަކަށް ބަލާކަމުގަ ވަނީނަމަ މިއަންނަ އޮގަސްޓް މަހުތެރޭގަ ހުޅުދޫގައި މި ކްލަބުގެ ފަރާތުން ބާއްވަން ހަމަޖެހިފައިވާ ފުޓްސެލް މުބާރާތް ފުދޭނެއެވެ. މި މުބާރާތައް ބަލާއިރު އަޅުގަޑަށް ފާހަގަ ކުރެވުނީ މި ކްލަބުގެ މިހާރު ތިބި މީހުންގެ އަމިއްލަ އެދުންވެރިކަމެވެ. މުޅި އައްޑޫށް ހުޅުވާލައިގެން ބާއްވަން ހަމަޖައްސާފައިވާ މި މުބާރާތަށް ބަލާއިރު މި މުބާރާތް ބާއްވަން ހަމަޖެއްސިއިރު ހުޅުދޫގައި ބާއްވަން އެންމެ ރަގަޅީ ބޮޑު ފްޓްބޯޅަ މުބާރާތެއްތޯ ނޫނީ ފްޓްސެލް މުބާރާތެއްތޯ ބަލަން އެއްވެސް ބަޔަކާ މަޝްވަރާކޮށްފައި ނުވާކަން ފާހަގަ ވެއެވެ. ހިތައް އެރުމާ އެކީ ހަމަ ނިންމާލީއެވެ. އަޅުގަޑު ހިތުން މީ މިކަންތައް އަދި ނިންމަން ޖެހޭނެ ގޮތެއްނޫނެވެ. ބާއްވަން ދައުވަތު ދޭން ގަސްތު ކޮށްފައިވާ ރަށްރަށުގެ ކުޅިވަރު ޖަމާޢައްތަކާ ވެސް މަޝްވަރާކޮށް ޙިޔާލު ބަދަލުކޮށްލުމަކީ ރަގަޅުކަމެކެވެ. އަދި ކުރިއެކޭ އެއްގޮތަށް ފްޓްބޯޅަ މުބާރާތެއް ބޭވުމުގެ ބަދަލުގައި ފުޓްސެލް މުބާރާތެއް ބާއްވަނީ ބޮޑު މުބާރާތެއް ބާއްވަން ދަތިވެގެން ކަމުގައި ވާނަމަ ދަތިވީ ކޮންކަމެއްތޯ ބަލާ އެންމެންގެ ފަރާތުން އެދަތިތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާއިތޯ ބެލުމަކީވެސް ކުރެވިދާނެ ކަމެކެވެ. އެހެން ނަމަވެސް އެއީ ތަންކޮޅެއްބޮޑަށް ދުނިޔެއަށް ލޯހުޅުވާ، މިހާރު މި ބައްދަލުވުންތައް ބާއްވާ އެމްބްރޯޝިޔާ ގެ ބަދަލުގަ ގިނަމީހުންނަށް ތިބެވޭކަހަލަ މާލަމެއްގައި ގިނަ މީހުންތިބެ ޙިޔާލު ފައުޅުކޮށްގެންނެވެ. އަޅުގަޑުގެ ނަޒަރުގައި ކުރިން ބޮޑު މުބާރާތެއް އައްޑޫގައި ބާއްވަމުން އައި ކްލަބަކުން މިހާރު ކުޑަކުޑަ ފުޓްސެލް މުބާރާތެއް ބޭވުމަކީ މުޅި ކްލަބަށް ވެސް އެހެން މީހުންގެ ފަރާތުން ފާޑުކިޔުންތަށް ރައްދުވާނެ ކަމެކެވެ. ކިޔަވާއިގެން ތިބި މޮޅެތި ޒުވާނުންތަކަކަށް ވަރުގަދަ ފްޓްބޯޅަ މުބާރާތެއް ބޭވުމުގެ ގާބިލުކަމެއް ނެތޭ ބުނުމުގެ ފުރުސަތު އެހެން ފަރާއްތަކަށް އޮންނާނެއެވެ. ސަބަބަކީ ކުރިން މި ކްލަބުއިން މިއަށްވުރެ ވަސީލަތްތައް މަދު ދުވަސްވަރެއްގައި މުޅި އަތޮޅު ހައިރާން ކޮށްލުވާފައިވާ ބޮޑު ފްޓްބޯޅަ މުބާރާތެއް ހުޅުދޫ ގައި އިމްތިޒާމް ކޮށްފައިވާތީއެވެ.

ދެން އޮތް އަނެއްކަމަކީ މި ހުރިހާދުވަހު މި ކްލްބު އިން އަބުދުލް މުހުސިން ހަނދާނީ މުބާރާތުގެ ނަމުގައި ބޭއްވި ބޮޑު ފްޓްބޯޅަ މުބާރާތާއިމެދު މިހާރު މި ކްލަބުގެ ގިނަ މެމްބަރުން ދެކެމުންދާ ގޮތެވެ.. މި ކްލަބުގެ ނުފޫޒުގަދަ މެމްބަރުން ބުނާ ގޮތުގަ އެމީހުން ދުވަހަކުވެސް ހުޅުދޫގައި ފްޓްބޯޅަ މުބާރާތެއް ބާއްވާކަށް ހުޅުދޫ އަކަށް ގޮސްފައި ނުވެއެވެ. އެމީހުން ގޮސްފައިވަނީ ހުޅުދޫ ސްޕޯޓްސް ފެސްޓިވަލެއް ބާއްވަން ކަމުގައެވެ. މިވާހަކައަކާ އަޅުގަޑު މުޅިން ދެކޮޅެއް ނަހަދަމެވެ. އެއީ މި ކްލަބުގެ ފަރާތުން ރަށަށް ދާ ކޮންމެ ފަހަރަކުވެސް ކަކުނި ރޭސްބޭވުމާއި، ގޯނި ރޭސް ބޭވުމާއި ، ހަކުރު ނުބޯ މީހުންނަށް ހަކުރު ބޯން ދަސްކޮށްދިނުމާއި މީހުންގެ އަނބިން ކާރިއަށް ވަގަށް ވަނުމާއި އަދި ކުޑަކުދިންގެ ހަވީރެއްބޭވުމަކީ ކޮށްފައިވާ ކަންތެއްތެކެވެ. މިހެން މިކަންތަށް ކޮށްފައިވިޔަސް ހުޅުދޫ މީހަކު ނުވަތަ އަދި އެހެންބަޔަކު ވިޔަސް ހުޅުދޫ ސްޕޯޓްސް ކްލަބުގެ ފަރާތުން ހުޅުދުއަށް އަންނަނީ ކުޅިވަރުފެސްޓިވަލެއް ބޭއްވުމަށް ކަމަށް ނުބުނެއެވެ. އެންމެންވެސް ފަޙުރުވެރިވެލާފަ ބުނެފަވަނީ އެ ކުދިން ހުޅުދުއަށް މިއަންނަނީ އަޅުގަޑުމެންގެ އަބުދުލް މުހުސިން ހަނދާނީ ފްޓްބޯޅަ މުބާރާތް ބާއްވަން ކަމަށެވެ. މީ ހުޅުދޫ މީހުން ބުނިގޮތެވެ. ފަހަރެއްގަ އަޅުގަޑުމެން ހުޅުދޫ މީހުންނަށް ނޭގުނީ ކަމަށްވެދާނެއެވެ. އެހެންނަމަވެސް ހަގީގަތް ވާނީ ހަމަ ހަގީގަތަށެވެ. ހުޅުދޫ ސްޕޯޓްސް ކްލަބުއިން ހުޅުދުއަށް ކުރިން ގޮސްފައިވަނީ އަބުދުލް މުހުސިން ހަނދާނީ ފްޓްބޯޅަ މުބާރާތް ބާއްވާށެވެ. ކުޅިވަރު ފެސްޓިވަލެއް ބާއްވާކަށް ނޫނެވެ. މިއަދު މިމީހުން ގެތެރެއިން ވަކި ބަޔަކު ފްޓްސެލް މުބާރާތެއް ނު ބޭއްވިގެން މަރުދަން ޖެހެނީއެވެ. ފަހަރެއްގަ ރެއިމްބޯ ކުންފުނިން ފްޓްސެލް މުބާރާތެއް މާލޭގަ ބޭއްވީ މަ ތިމަންނަމެންނީ ވެސް ރެއިމްބޯ ކުންފުނި ކަމުގައި ވާން ބޭނުން ވާނީ ކަމަށްވެދާނެއެވެ. އަޅުގަޑު ކުރިންވެސް ދެންނެވި ފަދައިން ކަކުނި ރޭސްބޭވުމާއި، ގޯނި ރޭސް ބޭވުމާއި ، ހަކުރު ނުބޯ މީހުންނަށް ހަކުރު ބޯން ދަސްކޮށްދިނުމާއި މީހުންގެ އަނބިން ކާރިއަށް ވަގަށް ވަނުމާއި އަދި ކުޑަކުދިންގެ ހަވީރެއްބޭވުމަކީ ކުޅިވަރު ފެސްޓިވަލެއް ކަމުގަވަނީނަމަ ދެން އަޅުގަޑު ބުނާނެއެއްޗެއް ނެތެވެ. == ކަރުކެހި އަދުރޭ == 18:42

Sunday, 1 June 2008

Al-Bannavaa Launches its NEW website!


As you all would know, we started with this free blog domain. But with the help of a Hulhudhoo youth who is kind enough to design and buy the domain for us, we have a new dynamic website to offer you! Our website will bring you more that what the blog brought to you in the past and we believe you will like this! We will always need your comments so that we can improve this website to the needs of Hulhdhuans. So, ladies and gentlemen, we welcome you to the new Al-bannavaa http://albannavaa.com/