Sunday, 27 April 2008


އެމް.ޓީ.ޑީ.ސީ އާއި ކަރޮޕްޝަން

އަޅުގަޑުމެންގެ މިކުޑަ ޖަޒީރާގައުމުގައި ކަރޮޕްޝަންއޭ ބުނުމުން އެއީ ކޯއްޗެއްކަން އެގޭމީހުންނަށްވުރެ ނޭގޭމީހުން ގިނަވާނެކަން ޔަގީނެވެ. ނަމަވެސް ދެބަސްނުވެވޭނެ ހަގީގަތަކީ ކަރޮޕްޝަންއޭ ބުނުމުން ކޮންމެމީހަކަށްވެސް މިކަމުގައި ފޮރުވިފައިވާ މަކަރާއި ހީލަތްތަކެއް ވާކަން އެގޭކަމެވެ.

އަޅުގަޑުމެން މިއަދު އުޅެމުންމިދަނީ މުޅިރާއްޖެއިންވެސް ކަރޮޕްޝަން ނައްތާލުމަށް އެންމެން މަސައްކަތްކުރާކަމަށް އިވެމުންދާ އެކާވީސް ވަނަ ގަރުނުގައިކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

އާދެ މިފަދަ ދަޑިވަޅަކާއި ދިމާކޮށް ދިވެހިސަރުކާރު ހިތްސާވާ ކުންފުއްޏެއް ކަމަށްވާ އެމް.ޓީ.ޑީ.ސީ ގެ މެނޭޖިން ޑިރެކްޓަރުކަމާ ސ.ހުޅުދޫ ދީދީގެ ހުއިފަތް ސާލިފު ނުވަތަ ދަމާސް ސާލިފު އާއި ހަވާލުވުން، މިއީ ކުރިން މިދެންނެވުނު ކަރޮޕްޝަން ނައްތާލަން ބުރަ މަސައްކަތް ކުރަމުންދާ ދިވެހި ލޭ ހުރި ދަރިންނަށް ލިބެމުންދާ އިތުރު ތަކުލީފަކަށް ނޫނީ ނުވާނެކަން ކަށަވަރެވެ.

އާދެ! އަޅުގަޑުމެންގެ މި ކުޑަ ގައުމުން ކަރަޕްޝަން ހުއްޓުވަން އުފައްދާފައި އޮންނަ އެންޓި ކަރޮޕްޝަން ބޯޑުން މިފަދަ ކަންކަން ބަލާ ތަހުގީގުކުރަން ފަށާފައިވާތީ އެމް.ޓީ.ޑީ.ސީ އިން ހިންގާފައިވާ އަދި ހިންގަމުންގެންދާ މިފަދަ ބައެއް ކަންކަން އެންޓި ކަރޮޕްޝަން ބޯޑުގެ ސަމާލުކަމަށް ގެންނަންބޭނުމެވެ.

މިގޮތުން ބަލާއިރު ހެރެތެރަ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ފެށިއްސުރެ މިއަދާހަމައަށް އައި އިރުވެސް، ހެރަތެރަ ރިސޯޓެއްގެގޮތުގައި ތަރައްގީކުރަން ބޭނުންވާ އެއްވެސް އެއްޗެއް ދަމާސް މެދުވެރިނުވެ އައިސްފަކާނެތެވެ. ދަމާސްއަކީ ހުއިފަތް ސާލިފުގެ އަމިއްލަ ކުންފުއްނެއްކަން އެގިއެގިތިބެ އަދި އެމް.ޓީ.ޑީ.ސީ ގެ މެނޭޖިން ޑިރެކުޓަރުކަން ސާލިފުއަށް ލިބުންވެގެން ދިޔައީ ސާލިފުގެ އަމިއްލަ ކުންފުނީގެ ވިޔާފާރި މެކުހަށްޖަހާލާ އަދި ހެރަތެރައަށް މުދާ ސަޕްލައި ކޮށްދޭން ބޭނުންވެފައިތިބި އެތަށްބައެއްގެ މޫނުމަތީގައި ޖަހާލި ބޮޑު ތަފާލަކަށް ނޫނީނުވާނެއެވެ. މިކަމަކީ ހުރިހާ އެންމެންނަށް ރަގަޅަށް އެގި ފެންނަން އޮތްކަމަކަށްވިޔަސް މިފަދަ ކުންފުނިތަށް ހިންގުމުގެ ގަވައިދު މިފަދަ ކަންކަމަށް ތަންނުދެނީވެސް މިކަމުން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ބޮޑުވާތީ ކަމަށްވެފައި، މިއަދާހަމައަށް އައިއިރު މިކުންފުނި އޮޑިޓްކުރެވިފައި ނުވާކަންވެސް އެއީ އަޅުގަޑުމެން ހިތާމަ ކުރަންޖެހޭވަރުގެ ބޮޑުކަމަކަށްވެފާ، އެންޓި ކަރޮޕްޝަން ބޯޑުއިން މިކަމާމެދު ވިސްނާނުލާއިފިނަމަ ދިވެހި ސަރުކާރާއި ރައްޔަތުން ހިތްސާވާ ކުންފުނި މާދަމާ ބަގުރޫޓުވުމަކީ ދުރުކަމެއްނޫނެވެ.

އާދެ! އެމް.ޓީ.ޑީ.ސީ އަކީ ސަރުކާރާއި ރައްޔަތުން ހިތްސާވާ ކުންފުންޏަކަށްވީ އިރު މިތަނަށްބޭނުންވާ މުދަލާއި އަދިވެސް މިފަދަ އެނޫންވެސް އެއްޗެހި ހޯދޭނެކަމަށް ގަބޫލުކުރެވެނީ، ސަރުކާރު ހިތްސާވާ އެފަދަ އެނޫންވެސް ކުންފުނި ހިންގާ ގަވާއިދުން ބީލަން އުސޫލުންކަންވެސް ފާހަގަކުރަމެވެ. ނަމަވެސް މިފަދަ އެއްވެސްކަމަކަށް އަދުގެ ސަރުކާރުގެ ކަރޮޕްޝަނާއިބެހޭ އިދާރާގެ ސަމާލުކަން ނުލިބި އޮވެ ހެރެތެރޭގެ ފުރަތަމަ ފިޔަވަހި ނިމި ފަތުރުވެރިންނަށް އެއްބައި ހުޅުވިފައި އޮތްއިރު ފެންނަމުން މިދަނީ އަޅުގަޑުމެންގެ ދިވެހި ރައްޔަތުން ހިތްސާވަ ކުންފުންޏަކުން ދެކެން ބެނުންނުވާ މަންޒަރުކަން ހިތާމަޔާއެކު ފާހަގަކުރަމެވެ.

ހެރަތެރަ ރިސޯޓެއްގެ ގޮތުގައި އުފަންވެ ފިރުކެމުންދާ ދުވަހު އެމް.ޓީ.ޑީ.ސީގެ ވެރިންގެ ފަރާތުން މިފަދަ ދަށުދަރަޖައިގެ ހުތުރު ކަންތައްތައް ފެންނަމުންދާކަމީ، މި ކުންފުނި މަތިންފެށިގެން ގޮސް އެންމެ ތިރިއާއި ހަމައަށް ކަރޮޕްޓްވެފަ އޮތްކަމުގެ އަލިގަދަ ހެއްކެކެވެ.

އަޅުގަޑުމެންގެ އަތޮޅަކީ މިވަރުގެ ރިސޯޓަކަށް ބޭނުންވާނެ ހުރިހާއެއްޗެއް ނުލިބުނަސް ވަރަށްގިނަ އެއްޗެހިލިބެންހުންނަ ތަނަކަށްވީއިރު، ދަމާސްގެ ފިހާރަޔަކުން ނުވަތަ ދަމާސްއަށް ބައި އެޅޭގޮތަށް މާލެއިން ގެންނަކަމީ ހިތާމަކުރަންޖެހޭ ވަރުގެ ބޮޑު މުސީބާތެކެވެ. އައްޑޫގެ ވިޔަފާރިވެރިންނަށް ހެރަތެރައަށް މުދާގެނައުމުގެ ފުރުސަތު ހަމަހަމަޔަށް ދީފިނަމަ އައްޑޫގެ ވިޔަފާރިވެރިންނަކީ މިކަންކުރުމުގެ ގާބިލު ހުރިބައެއްކަން ފެންނާނެ ކަމީ އަޅުގަޑު އެކަމާމެދު ދެބަސްނުވާނެކަމެކެވެ. އެހެންނަމަވެސް ސުވާލަކީ އެމް.ޓީ.ޑީ.ސީ އިން އެފުރުސަތު، ދީދީގެ ހުއިފަތް ސާލިފު ކުންފުނިކަމުގައިވާ ދަމާސްފިޔަވައި އެހެންބަޔަކަށް ދީފާނެތޯއެވެ؟ ދިނަސްނުދިނަސް އަޅުގަޑުމެން އައްޑޫ ޒުވާނުން އެންޓި ކަރޮޕްޝަން ބޯޑަށް މިގޮވާލަނީ މިކަމުގެ އަޑި ހޯދާ އެމް.ޓީ.ޑީ.ސީ އޮޑިޓްކޮށް އަޅުގަޑުމެން ހިތަށް ފިނިކަންގެނެސްދޭވަރުގެ ނިންމުމެއް ނިންމަވާދިނުމަށެވެ. == ވަނދޮ ބަންކޭލާ == 27/04/08 ..17:39


Friday, 25 April 2008

Blast From Past: MTDC “Will Not Help Poor” Says Shiyam AAA


The Maldives Tourism Development Corporation (MTDC) was heavily criticized by a leading businessman on Wednesday for failing to help the country’s poor.

The MTDC was set up by the government this year. The company has been granted a license to build a dozen resorts across the country. Fifty-five percent of MTDC’s shares are being sold to the general public. MTDC says this will “enable greater and direct ownership of tourism resources by the public,” helping to better spread the profits from tourism.

But Ali Shiyam, a director of AAA Resorts, says the MTDC will do no such thing:

“The government says they have set up this company to create a more equal distribution of wealth in the Maldives. They say the profits from this company will trickle down to the shareholders. But who are buying these shares? It is the people who already have disposable income, the families of rich people. It is not the 40% of the population who live on less than $1 per day. If you want to redistribute wealth, it needs to be done by central government. Trying to redistribute wealth in this way is totally wrong.”

Shiyam further accused MTDC of “distorting the highly competitive tourism market by giving an unfair advantage to one group of people.”

The MTDC has already started work on its first hotel. A 600-bed resort in Addu, Herethere, is scheduled to open in late 2007.

Addu is Maldives’ most populous atoll. However, years of deliberate neglect by the Male’ government has shattered the local economy. The government does not measure unemployment in Addu but local people say it is as high as 80%.

“The resort will create over 700 direct jobs and many more indirectly. It will be a great benefit to the local people,” said a source involved in the construction of Herethere, who wished to remain anonymous.

But Shiyam said the MTDC only chose Addu to win support for President Gayoom’s Dhivehi Raiyyithunge Party (DRP): “They say they are building Herethere for the Addu people…but they are just trying to win the hearts and minds of the people there before the election. If you look at the DRP’s membership in Addu, it’s rubbish.”

Shiyam also questioned the make-up of the MTDC’s board of directors. Former presidential appointee to the Special Majlis, Champa Afeef, is the company’s chairman while Dimms Solih, a DRP member, is the Managing Director.

“I don’t know who Gayoom chose to sit on the board of the MTDC. He could have asked interested parties to apply and then made his choice based on competence. But he didn’t,” said Shiyam, who is a member of the opposition Maldivian Democratic Party (MDP).

“It has nothing to do with parties or political gains. The government has proposed members who are very active in the tourism industry; they are dynamic businessmen. They are not doing this for personal gain. To them, it is a kind of national service,” contested the Herethere source.

Local people in Addu Atoll appear less interested in the politics of the project than the jobs it will bring. However, there is a deep skepticism over whether Herethere will actually be built. The government has promised to develop Addu, Villingilli into a 5-star resort for years but has not delivered on the pledge.

“If the resort comes up we will welcome it, but I’m not so sure it will. I don’t know if the government will ever develop tourism in Addu. There is a lot of suspicion,” said Hussein, a shopkeeper from Addu, Hithadhoo.

“We have already heard so many stories about Villingilli. We have been dreaming it will open and provide opportunities for the people. Herethere is also like a dream…I don’t think it will ever happen. It’s really hard for people in Addu. I’m 25 years old and I’ve never seen any change in Addu. I would really love to see more opportunities there. I’m living in Male’ because I can’t find a job in Addu,” said Aisha.

But the Herethere development team says they are determined to prove their skeptics wrong: “Our resort will open, on time, on 1 November 2007, that’s for sure.”
Source: Minivan News (
July 12, 2006)

82% Against Dredging a Channel Between Hulhudhoo And Herathera

The poll posted on Al-Bannvaa regarding the dredging of a channel between Herathera and Hulhudhoo ended, with a striking bumber of voters voting against the concept. A total of 27 people participated in the poll which lasted a week and more than 82% of the voters voted against dredging a channel between the two geographically connected islands. This is a clear indication, that Mr. Huifai Solih is trying to do separate the resort from Hulhudhoo for his personal benefits and he did not consult the majority of the islanders. We have reasons to believe that if the poll lasted longer more people would have voted against this as, this website is quite new and unheard by many of Hulhudhuans and they did not get a chance to vote in the poll. As the editor of this website, my advice to all of the citizens of Hulhudhoo who have heard or has visited this website is to convey the message of this very fresh beginning of freedom of expression within the island, to those who haven't heard of this website.

Meanwhile we have uploaded another poll on the website, and I hope this is going to be interesting for the viewers. Today's topic is about, if you vote for Azukee(the comedian) to be the Katheebu of Hulhudhoo? Please express your view regarding this with the help of the poll on the right side of this website. For some this might sound like a joke, but for me I have grounds to believe that hes on the youths of the island who has credibility and potential to lead the island, of cause with your help. Besides, I have noticed that many of the members of Al-Bannavaa Facebook group has praised him for his houtstanding courage and eager to bring justice to this lovely island in the southermost region of this archipelago.


Gay Domestic Servant


ކުއްލިޚަބަރު

ސ.ހުޅުދޫ އަލަދަޑިގެއަށް ޑޮމެސްޓިކު ސަރވަންޓެއްގެ ގޮތުގައިގެނެސްފައިހުރި ބަނގުލަދޭޝްގެ ރައްޔަތެއްކަމުގައިވާ ސުބާން މިއަދުހަވީރުގެ ވަގުތެއްގައި، ސ.ހުޅުދޫ އަލަދަޑިގޭ ކޮޓަރިއެއްގައި ހުޅުދޫގެ އުމުރުން 8 އަހަރުގެ ކުޑަފިރިހެން ކުއްޖަކާއި އެކީ ބަދުއަޙުލާގީ އަމަލު ހިންގަމުން ގެންދަނިކޮށް ފަޅާއަރާއިފިއެވެ. މިކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދާލުމަށް ހުޅުދޫގެ ޕޮލިސްޓެޝަނަށް ގުޅާލުމުން މައުލޫމާތު ދިނުމަށް އުޒުރުވެރިވާކަމަށާއި މިމައްސަލަ އިތުރަށް ބަލަމުންދާކަމަށެވެ.ޙަބަރުލިބޭގޮތުގައި އުމުރުން 21 އަހަރުގެ ސުބާންވަނީ ޕޮލިސްޓޭޝަނުގެ ބެލުމުގެ ދަށުގައިކަމަށްވެއެވެ. އަލަދަޑިގޭ ކުޑަސޮރު ސުބާން ހުޅުދުއަށް އައިސްފައިވަނީ 2007 ވަނައަހަރުގެ ތެރޭގައެވެ. މިކަމާއިބެހޭ އިތުރު މައުލޫމާތު ލިބެމުންދާވަރަކުން ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ.

== ކަރިކެހި އަދުރޭ == 26/04/08 8

Mr. Bangalhee Hufah' Solih


ބަންގާޅީ ހުއިފަތޭގެ ހުޅުދޫދެކެވާ ލޯބި !!!!

2006 ވަނައަހަރު ޅޮހިފުށި އައިލެންޑު ރިސޯޓް، އެރަށް ހިންގަމުން ގެންދިޔަ އަލްޓާފް އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑް އިން ބަންދު ކުރިކުރުމަކީ ހުއިފަތްސޯލިހު މިހާތަނަށް ބަޔަކަށް ދިންއެންމެ ބޮޑު ގެއްލުމެވެ. ރިސޯޓެއް ބަންދުކުރުމަކީ މައްސަލައެއްނޫނެވެ. މައްސަލަޔަކީ ރިސޯޓް ބަންދުކުރި އިރު ކުރިޔަކުން ބަންދުކުރާވާހަކަ ނުބުނެ ބަންދުކުރީތީއެވެ. ގިނައަދަދަކަށް އައްޑޫ ރައްޔަތުން ޙާއްސަކޮށް ހުޅުދޫގެ ޒުވާނުން ވަޒީފާއަދާ ކުރަމުންދިޔަ ޅޮހިފުށި ރިސޯޓް ކުއްލިޔަކަށް ބަންދުކުރި ކުރުންވެގެންދިޔައީ ފޫބައްދަންދަތި ބޮޑުގެއްލުމަކަށެވެ. ރިސޯޓްން ލިބުނު މަދު ލާރިކޮޅަށް އާއިލީ ހުރިހާކަމެއް ފުއްދަމުންދިޔަ އައްޑޫގެ އާއިލާތަކަށް، އެއާއިލާގެ ހުރިހާކަމެއް ބަލަހައްޓަމުން ދިޔަ މީހާގެ ވަޒީފާގެއްލުމުން ވާނެގޮތް ހިތައްތަސައްވަރު ކޮށްލީމަ ވިސްނޭނެއެވެ.

މިއަދު އައްޑޫގެ ރަށްޔަތުންނަށް ޙާއްސަކޮށް ހުޅުދޫގެ މީހުންނަށް މާ ރަގަޅުމީހަކު ކަމުގައި ހެދިގެން މިއުޅޭ ހުއިފަތޭއަކީ އެދުވަހު އައްޑޫ ދަރިން ނިކަމެތިކަމުގެ ކަނޑަށްފައްތާލި ފުރޭތައެވެ. މި މަލްއޫނާ ހުޅުދޫއަށް ކޮށްދިނީ ކޮންކަމެއްތޯއެވެ؟ މީނަގެ ފަރާތުން ހުޅުދޫ ފަރުދަކަށް ފާއިދާއެއްވެފަ އެބަހުރިތޯއެވެ؟ ބަލިވެގެން ބޭހަކަށް އެދި ސަލާންޖަހަން ދިޔަ ދިވެހިރައްޔަތަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްފައިވޭތޯއެވެ؟ މަތީ ތައުލީމު އުގެނުމަށް މީނަގެ ފަރާތުން ފޮނުވީ ކިތަށް ދިވެހިދަރިންތޯ އަދި ކިތައް އައްޑޫދަރިންތޯއެވެ؟ އެގޭ ކަމަކީ ދުވަހަކުވެސް މީނަގެފަރާތުން މީހަކަށް އެހީ ލިބުނުވާހަކަ ނުވަތަ ކަމެއްކޮށްދިންވާހަކަ އެހި މީހަކު ނެތްކަމެވެ. ކަމެއްކޮށްދިންނަމަ ނުވަތަ އެހީއެއްލިބުނުނަމަ އެވާހަކަ ދައްކާ އަޑުވެސް އިވޭނެ ނޫންތޯއެވެ؟

1980 ގެ އަހަރުތަކުގައި ހުޅުދޫގެ ޒުވާނުން ހިމެނޭ މަޝްހޫރު ފުޓްބޯޅަޓީމު، ވެރޯނާ އަކީ މާލޭގެ 2 ވަނަ ޑިވިޝަނުގައި އެދުވަސްވަރު ފައިތިލަ ސާބިތުކުރަމުން ދިޔަ ވަރުގަދަ ޓީމެކެވެ. އެދުވަސްވަރު އެޓީމުގައި ތިބި ކުޅުންތެރިންނަކީ އޭރުގެ ޅަޒުވާނުންނަށްވެފަ ލާރިލިބޭނެ މާކަގިނަ ފުރުސަތުތިބި ބަޔަކަށްނުވުމުން ޓީމުކުރިއެރުވުމުގެ މަގުސަދުގައި، ވެރޯނާގެ ކުޅުންތެރިން މި މުއްސަދި މަހުޖަނު، ދެއަތްނުހުޅުވޭ، ދަހިވެތި، ފަކީރުން ނުފެނޭ، އަބަހައްދަ، 12 އަހަރުވަންދެން އެއްސޯޓެއް ނުދޮވެ ލާއިގެން އުޅުނު ޑަމާސް ސޯލިހު ކާރިޔަށް ފާއިސާގެ އެހީޔަކަށް އެދި ދިއުމުން އަލްޓާފު އޮފީހުގެ ބޭރުގަ ހުރެ އެ ޒުވާނުންނާއި ދިމާލަށް ބަޅަށް އޫރަށް ގޮވާ އަމަޔާ ބެހުނީ، މީނަ މީނަގެ ރަށްދެކެވާ އިޝްގީ ލޯބިންނުން ދެން ކޮންކަމަކުންތޯއެވެ؟ މި ލިޔެވުނު ހާދިސާއަކީ ހިގާފައިވާ ހާދިސާއެއްކަމަށް ހެކިދޭނެ ކިތަންމެ މީހުންނެއް ހުޅުދޫގައި މިހާރުވެސް އެބަތިއްބިއެވެ. ސ.ހުޅުދޫ އޮފީހުގެ ވޮޗަރަކަށް މިހާރު ހުރި އަބުދުއްﷲސީޖާރު 25 އަހަރުވަންދެން ބުރިނުދަމާ މިބުނާ ހުއިފަތޭއަށް މަސައްކަތްކޮށްދިނުމުން ހެދިނިކަމެތިގޮތް މިހާރުވެސް ސީޖާރުބެއްޔާ ކިޔާދޭނެއެވެ. އެހެން ފަހަރަކުން އެވާހަކަ ގެނެސްދޭނަމެވެ.

ހުއިފަތޭގެ ފަރާތުން ހުޅުދޫއަށް ފާއިދާއެއްނުލިބުނުތާ ގެއްލުމުއްނުލިބުނު ނަމަ މިއަދު މިވާހަކަ ދައްކާކަށް ނުޖެހުނީސްކަން ޔަގީނެވެ. އެމް.ޓީ.ޑީ.ސީ ގެ ނަމުގައި ކުންފުނިއެއް ހަދާ ރަށްޔަތުންގެ ތެރެއިން އެތަށްބައެއްގެ ހައްގުތައް ކާލައިގެން އައިސް ހުޅުދޫއަށްފުންމާލުމުން ހުޅުދޫ ރަށްޔަތުން ލައްކައެއްކަމަށް ހީކުރިއެވެ. ކަންވީ ކިހިނެއްތޯއެވެ؟ ހެރެތެރަހަދަން ފުރަތަމަ މުދާގެނައިދުވަހު އެމް.ޓީ.ޑީ.ސީގެ ޓަގު ބޯޓަކުން ހުޅުދޫގެ ޖެޓީތެރެއަށްވަދެ ޖެޓީ ހަލާކުކޮށްލިއެވެ. އެވާހަކަ މި ގައްދާރު ސޯލިހު ކާރީ ދެއްކުމުން ހުޅުދޫގަ ދެންހަދާދޭނީ ރަންޖެޓީއެއްކަމަށް ބުނެ މީހުން ލޮލުގަ މަތިޖަހާލިއެވެ. އެންމެފަހުން ހުޅުދޫ ޖެޓީގައި ހަލާކުވެފަހުރި ތޮށިގަޑު ނުހެދި މާދުވަސްވާތީ ހުޅުދޫގެ ބޮޑުކަތީބު ޖަމީލު އެވާހަކަ ދެއްކުމުން އެންމެފަހުން ޖަމީލު ރަށުން ބާލަންވެސް މި ކުނިސޯޓްގަޑު މަސައްކަތް ކުރިއެވެ. އަދިވެސް ހަލާކުވި ތޮށިގަޑު ހުރީ ހުރިގޮތަށެވެ. ފަހަރެއްގަ ރަނުން ހަދާ ބަދަރަކަށްވާތީ ރަންނުލިބިގެން އުޅެނީކަމަށްވެދާނެއެވެ.

ހިތާމަޔަކީ ހުޅުދޫގެ މުހިންމުކަން މިއަދު މި ބަންގާޅުކަލޭގެޔަށް ނުވިސްނޭކަމެވެ. މިހާ ކުޑަ މުއްދަތެއްގެތެރޭގައި ހެރަތެރަ ރިސޯޓަކަށްހަދާ ނިންމާލެވުނީ ހުޅުދޫގެ ސަބަބުންނެވެ. ހެރަތެރަ ރިސޯޓަކަށް ހަދަން ހުޅުދޫގެ ފަސްގަޑު ބޭނުން ނުކުރިނަމަ މިހާއަވަހަށް ހެރަތެރަ ނިންމޭނެތޯއެވެ؟ މަސައްކަތް ކުރާނެ މީހުންތިއްބަސް ހަދަމުންދާރަށަކަށް މުދާ ލިބޭނެގޮތެއްނެތީޔާ މަސައްކަތްކުރެވޭނެތޯއެވެ؟ ހެރަތެރަ ރިސޯޓަކަށް ހެދުމަށް ފުރަތަމަ ކުރަންޖެހުނު އަދި އެންމެ ބުރަ މަސައްކަތް ކުރެވުނީ ހުޅުދޫގެ ސަބަބުންނެވެ. ހެރަތެރައަށް ފުރަތަމަ ގެނައި މުދަލާއި، މަސައްކަތް ކުރަން ރަށްރަށުން އައި މީހުން 6 މަސްދުވަސް ވަންދެން ތިބީ ހުޅުދޫގައެވެ. އެކަމުގެ ސަބަބުން ހުޅުދޫގެ މީހުންނަށް ކިހާ ބޮޑު މުސީބާތްތަކާއި ކުރިމަތި ލާންޖެހުނުތޯއެވެ؟ ހުއިފަތޭގެ ފަރާތުން ރަށަށް ކަމެއްކޮށްނުދެވުނުތާ، ރަށް ބަދުނާމުކޮށް ވާހަކަ ނުދައްކާނަމަވެސް ރަގަޅެވެ. ހުޅުދޫގެ ސަބަބުން ހެރަތެރަ ރިސޯޓެއްގެ ގޮތުގައި ނުހިގާނެކަމަށާއި ހުޅުދޫގައިތިބެނީ ވަގުންކަމަށާއި އަދި ހެރަތެރަ ރިސޯޓެއްގެ ގޮތުގައި ހިގަންފަށާނީ ހެރަތެރަ ހުޅުދޫއާއި ވަކި ކޮށްލުމުންކަމަށް ބުނެ ފަޢުޅުގައި މީނަވަނީ މީޑިޔާތަކަށް ބަސްތީގަތުންދީފައެވެ. ހެރަތެރަ ހުޅުދޫއާއި ވަކިކޮށްލުމަށް އެންމެބޮޑަށް މަސައްކަތް ކުރަނީ މި ވަގެވެ. ހުއިފަތް ފަޅަނީއޭ، ވައްކަންކުރަނީއޭ ކިޔާއިގެން ހުޅުދޫ ބަދުނާމުކުރި އެންމެ ބޮޑު އައުރުހަކީ މީނައެވެ. ހުޅުދޫއާއި ހެރަތެރަ ވަކިކޮށްލާއިގެން ގޮސް ހެރެތެރޭގެ ފިނިކޮޓަރިއެއްގަ ގުންޑާއެއްހެން އޮތަސް މާތﷲ އިރާދަ މި ކައުނުގައި ވާކަން އެންމެފަހަރަކުވިޔަސް އަޅުގަޑުމެން ހަދާން ނުނައްތަމެވެ. އަޅުގަޑުމެންނީ މިންވަރަށް އީމާންވާ އަދި ކާންދޭ އަތުގައި ދަތްއަޅޭނޭ ބަޔަކީމެއްނޫނެވެ.

އެމް.ޓީ.ޑީ.ސީ ގެ މެނޭޖިންޑިރެކުޓަރަކަށް ހުރެގެން މިމައްކާރު މިއަދު އެދަނީ ހެރަތެރަޔަށްވެސް ބޭނުންގޮތެއް ހަދަމުންނެވެ. ހެރެތެރޭގައި ނަސްލީއިމްތިޔަޒުތައް އޮތީ ހައްދުން ނައްޓާފައެވެ. ދިވެހިން މިއަދުވަނީ ހެރެތެރޭގައި ނިކަމެތިވެފައެވެ. ދާދިފަހުން އަލްބަންނަވާގައި ހެރެތެރެއާއި ބެހޭގޮތުން ލިއުނު ލިއުމެއްގައި ހެރެތެރޭގެ ސެކިއުރިޓީއިންނަށް މިސާލުޖަހާ އެވަޒާފާތަކަކީ ދިވެހިންނަށް އަދާ ކުރެވޭނެ ވަޒީފާތަކެއްކަން ބަޔާންކުރިއެވެ. އޭގެ ހަފުތާއެއްފަހުން އަޑު އިވިގެން ދިޔައީ ސެކިއުރިޓީއަކަށް އުޅުނު ނޭޕާލުމީހަކު މަރުވި ވާހަކައެވެ. ހެރަތެރަ މެނޭޖުމަންޓުން އެ ނޭޕާލުމީހާގެ ފުރާނަނެތް މަސްގަޑު ޝާހީ އިއްޒަތުގައި ނޭޕާލަށް ފޮނުވަން ކިތަށް ޙަރަދު ކުރިތޯއެވެ؟ އަޅުގަޑަށް މައުލޫމާތު ލިބިފައިވާގޮތުގައި މަރުވި ނޭޕާލުމީހާގެ ފުރާނަނެތް މަސްގަޑު ނޭޕާލަށް ފޮނުވާފައިވަނީ ވޮޔަޖެސް މޯލްޑިވުސްގެ ފަރާތުން 7200 ޑޮލަރު ނުވަތަ 92520 ރުފިޔާއަށެވެ. މީ މަރުވެފަވާ މީހުން ގެންގޮސްދޭ އިމާދުސް އެޖެންސީއަށްވުރެ 200 ޑޮލަރު ނުވަތަ 2570 ރުރިޔާ ބޮޑު އަދަދެކެވެ. އަދި ފުރާނަނެތް މަސްގަޑު މާލޭގެ މޯޗަރީގައި އޮންނަ ކޮންމެ ދުވަހަކަށް 1000 ރުފިޔާ ޙަރަދުވާނެއެވެ. މިނޫނަސް ޙަރަދުތަށް ހިގާފަހުންނާނެ ކަމަށްބަލާ އަންދާޒާ ކުރެވޭގޮތުގައި 100000 ރުފިޔާއަށް ވުރެ ގިނައިން ޙަރަދު ވާނެކަމަށް ބެލެއެވެ. ދިވެހި މީހަކު އެވަޒީފާގައި ހުރި ނަމަ އެޙަރަދު ހިގާނެތޯއެވެ؟ ކޮންމެ މީހަކު ވެސް މަރުވާނެއެވެ. ބޭރު މީހަކު ހުއްޓަސް ދިވެއްސަކު ހުއްޓަކަސް މަރުވާނެއެވެ. މައްސަލައަކީ މަރުވުމެއްނޫނެވެ. މައްސަލައަކީ ބޭރުމީހަކު ހުރެގެން އެ ހިގި ޙަރަދު ދިވެއްސަކު ހުރި ނަމަ ނުހިގާނެތީއެވެ. ދިވެއްސަކު މަރުވިނަމަ ދިވެހިމީހާ ރިސޯޓްއިން ބޭރު ކުރަންޖެހޭނީވެސް އެ މަރުވި މަސްގަޑެއްގެ ވާރިސުން އަމިއްލަ ޙަރަދުގައި ކަން ޔަގީނެވެ. މީ ހުއިފަތް ސޯލިހުމެންގެ ގާނޫނެވެ.

ހެރަތެރޭގެ ޖެނެރަލްމެނޭޖަރ އެރިކު، އެޗ.އާރު ޑިރެކުޓަރ މިސް ޖޭން، ޕާޗޭސިންމެނޭޖަރ ފްރޭންކު ރޮޑުރިގޭޒް، ފައިނެންޝިއަލް ކޮންޓްރޯލަރ ޕްރަދީބް އަދި އެސިސްޓެންޓް ފައިނެންޝިއަލް ކޮންޓްރޯލަރ ވިޖޭ ހެރަތެރައިން 5 މިލިޔަން ރުފިޔާ ކައްވާލިކަން މިއަދު އެއޮތީ ސާބިތުވާށެވެ. މި 5 މީހުންވެގެން މީހަކަށް 1 މިލިއަން ރުފިޔާކަމަށް ބަހާލައިގެން މިސް ޖޭން މިހާރު ހުރީ ޗުއްޓީގައެވެ. އެހެންމީހުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބޭނުމުގައި، މިހުރިހާ ދުވަސްވަންދެން ހެރެތެރައަށް ބޮޑުއަގު ގައި މުއްދަތު ހަމަވެފަހުރި ދަޅުކާނާ އެތެރެކުރި ޕާޗޭސިންމެނޭޖަރ ފްރޭންކު ރޮޑުރިގޭޒް، މިހާރުހުރީ ރަށުން ބޭރުކޮށްފައެވެ. ދެން އެމް.ޓީ.ޑީ.ސީގެ އެހެން ރަށަކުން މިބުނާ ފުރޭންކު ނުފެންނާނެކަމެއް ނޭގެއެވެ.

މީ ދިވެއްސަކު ކުރި ކަމެއްނަމަ ކަމަށްވުރެ ކަންބޮޑުކޮށްގެން ދިވެހި ނޫސްތަކުގައި ލިޔެ ނުވިތާކަށް އެބަޔަކު ގަންހިންގާނެއެވެ. އެކަމަކު ބޭރު މީހުންނަށްވާތީ ކިތަންމެ ބޮޑު ވައްކަމެއްކުރިޔަސް އެމީހުން އެތިބީ ދުނިޔެ މަތީގެ ސުވަރުގޭގައި އަރާމާ އިއްޒަތުގައެވެ. ދިވެހި ބަޔަކު ކުރި ކަމެއްނަމަ ތިބޭނީ ދުނިޔެމަތީގެ ނަރަކަ ކަމުގައިވާ ދޫނިދޫ ބީޗްއެންޑް ސުޕަރ ގައެވެ.

އައްޑޫގެގެ ދަރިންނޭވެ !! މިކަހަލަ ދިރިހުރި އަލިފާންފުރޭތައިންނަށް ބިރުނުގަނެ ނިކަންކެރިގެން ކުރިމަތިލަމާ ހިގާށެވެ! މި ފުރޭތަ އަޅުގަޑުމެންގެ އައްޑޫދަރިންގެ ހައްގުގައި އެއް.ޓީ.ޑީ.ސީ އިން ބޭރުކޮށްލަމާ ހިގާށެވެ! ނޫނީ ކުރިން ޅޮހިފުށި ރިސޯޓްގައި އަޅުގަޑުމެންނަށް ދިމާވިފަދަ ނިކަމެތި ކަމަކާއި ހިތްދަތިކަމެއްގައި އައްޑޫގެ އާޢިލާތަށް ކުރިމަތިލާންޖެހިދާނެއެވެ.އަޅުގަޑުމެން މިކަން ކުރަންވީ އަޅުގަޑުމެން އައްޑޫގެ ހައްގުގައެވެ. ލޮބުވެތި ރައްޔަތުންގެ ހައްގުގައެވެ. މިފަދަ ނުބައި މީހުން މައިތިރިވާނީ މިބައިމީހުންގެ ބަހަށް ނުހެއްލި މި މީހުންނަށް ބީރު ކަންފަތެއްދީގެންނެވެ. ހިތިފަތުން ހިތިރަހަ ކެޑުނަސް، މޫދުލޮނުން ލޮނުރަހަ ކެޑުނަސް، އަހިވަކުން ވަސްކެޑުނަސް މިފަދަ ނުބައިމީހުންގެ ނުބައިކަން ނުކެޑޭނެއެވެ.

ޅޮހިފުށި ރިސޯޓް ބަންދުކުރުމުގެ ސަބަބުން އެ ރިސޯޓްގައި މަސައްކަތް ކުރި މުއައްޒަފުން އޭރުގެވެސް އަދި މިހާރުގެވެސް ޓޫރިޒަމް މިނިސްޓަރ މަހުމޫދު ގޯޕް އަށް އާދޭސްކޮށްފަ ލިޔެފަ އޮތް ސިޓީވިދާޅުވުމަށް މިތަނަށް ކޮއްޓަވާލައްވާ!

== ކަރިކެހި އަދުރޭ == 25/04/08 ....20.39